އަހަރުގެ އެންމެ އުއްމީދީ އެއް ފިލްމް ކަމުގައިވާ "ވީރޭ ދި ވެޑިން"ގެ އާ ޕޯސްޓަރަކާއެކު ފިލްމް ރިލީޒްކުރާ ތާރީޚް ފިލްމްގެ އެއް ލީޑް ކަމުގައިވާ ސޯނަމް ކަޕޫރް ކަށަވަރުކޮށްދީފި އެވެ.
މީގެ ކުރިން އެ ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ މެއި މަހުގައެވެ. އެހެންނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ފިލްމް ރިލީޒްކުރާ ތާރީޚް ފަސްވެއްޖެކަން ވަނީ އިއުލާންކޮށްފަ އެވެ. ފިލްމްގެ ރިލީޒް ޑޭޓް ފަސްކުރަން ޖެހުނު ސަބަބެއް ފިލްމްގެ ޕްރޮޑިއުސަރުން ހާމަކޮށްފައި ނުވެއެވެ.
މިޒަމާނުގެ އިންޑިއާގެ އަންހެނުންގެ ދިރިއުޅުން ދައްކުވައިދޭ މި ފިލްމްގައި ސޯނަމް ކަޕޫރްގެ އިތުރުން ކަރީނާ ކަޕޫރް ޚާން އާއި ސްވަރާ ބާސްކަރްގެ އިތުރުން ޝިކާ ތަލްސޭނިއާ ވެސް ފެނިގެން ދާނެ އެވެ.
June 1, 2018 it is!! Mark your calendars and #GetReadyForVeereDiWedding
💃🏻 @vdwthefilm #KareenaKapoorKhan @ReallySwara @ShikhaTalsania @balajimotionpic #SaffronBroadcastMedia pic.twitter.com/zfOsoOv9U8— Sonam K Ahuja (@sonamakapoor) January 16, 2018
ޝަޝަންކާ ގޯޝް ޑައިރެކްޓްކޮށް މެހުލް ސޫރީ އާއި ނިދީ މެހެރާ ލިޔެފައިވާ މި ފިލްމް ޕްރޮޑިއުސް ކުރަނީ އޭކްތާ ކަޕޫރް އާއި ރިއާ ކަޕޫރް އެވެ.
މިހާރު ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ތާރީހަކީ އެކްތާގެ ކޮއްކޮ އަދި އެކްޓަރު ތުޝާރް ކަޕޫރްގެ ދަރިފުޅު ލަކްޝްގެ އުފަން ދުވަސް ވެސް މެ އެވެ.