Last Updated: June 28, 12:01
Sunday, June 28, 2026
މުނިފޫހިފިލުވުން

"ދިލް ޖަންގްލީ" ގެ ޓްރެއިލާ ދައްކާލައިފި

ލޯބީގެ މަޖާ ފިލްމެއް ކަމަށްވާ "ދިލް ޖަންގްލީ" ގެ ފުރަތަމަ ޕޯސްޓަރާއި ޓްރެއިލާ ދައްކާލައިފި އެވެ.

ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ތާޕްސީ ޕަންނޫއާ އެކު ސާޤިބް ސަލީމް އެވެ.

އެ ދެ ތަރިންނާ އެކު ފިލްމުން ތަރިންގެ ތެރޭގައި ނިދީ ސިންގް، އަބިލާޝް ތަޕްލިޔާލް އާއި ސްރިސްތީ ސްރިވާސްތަވާ ވެސް ހިމެނެ އެވެ.

ދީޕްޝިކާ ދޭޝްމުކް އާއި ބާގްނާނީ އަދި މުދިތް ޖެއިންގެ އިތުރުން މަޔަންކް ޖެއިން ޕްރޮޑިއުސްކޮށްފައިވާ "ދިލް ޖަންގްލީ" މި ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ އަލެޔާ ސެން އެވެ.

ޕޫޖާ އެންޓަޓެއިންމެންޓާއި ދިނޭޝް ޖެއިންގެ މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 16 ގަ އެވެ.