Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ގާސިމްގެ ރިސޯޓްތަކަށް އަރައި ފާސް ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހުރިހާ ރިސޯޓުތަކަކަށް މީގެ ކުޑައިރުކޮޅެއް ކުރިން ކޯޓު އަމުރުތަކާއި އެކު ފުލުހުން ގޮސް ބަލައި ފާސްކުރަމުން އެބަދެ އެވެ.

ގާސިމް އިބްރާހިމްގެ ރިސޯޓްތައް ކަމަށްވާ ޕެރަޑައިސް އައިލޭންޑް ރިސޯޓް، ސަން އައިލޭންޑް، ހޮލިޑޭ އައިލެންޑު އަދި ފަން އައިލެންޑް ރިސޯޓުގައި ވެސް ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ގާސިމްގެ އަރިސް ބޭފުޅަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ.

އެ ރިސޯޓުތަކުގައި ފުލުހުންނާއި އެކު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަދި ކަސްޓަމްސްގެ މުވައްޒަފުން ވެސް ހަރަކާތްތެރިވަމުން ދާއިރު އެއީ ކޮންކަމާއި ގުޅިގެން ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.