Last Updated: July 21, 18:02
Tuesday, July 21, 2026
ޚަބަރު

ޕޯސްޓުން އައްޑު އަށް ގެނައި ޕާރްސަލެއްގައި ޑްރަގްސް

ޕޯސްޓުން އައްޑު އަށް އެތެރެ ކުރަން އުޅުނު 890 ގްރާމްގެ މަސްތުވާތަކެތި، ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމަސް އިން ބުނީ ޕޯސްޓުން ގެނައި ޕާރުސަލަކާ މެދު ގަން ކަސްޓަމްސް އޮފިސަރުންނަށް ޝައްކު އުފެދިގެން ތަކެތީގެ ވެރިފަރާތުގެ ހާޒިރުގައި ބަލައި ފާސްކުރި އިރު އޭގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެ ތަކެތި ތަހުލީލު ކުރި އިރު މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް އަށް ޕޮޒިޓިވް ވެފައިވާކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.