Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

މަރަދޫގައި ކުއްޖަކު އެކްސިޑެންޓްވެއްޖެ

މަރަދޫ ބޮޑުމަގުގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓް. ފޮޓޯ: ފާރިޝް ޤައްޔޫމް

މަރަދޫގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ މަރަދޫ ބޮޑު މަގުގައި ހުންނަ ރޫޓު ފިހާރަ ކައިރީ ހުރި ބޮކި ދަނޑިއެއްގައި އެކުއްޖާ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ.

މިހާދިސާ ހިނގި ވަގުތަކީ އެ ސަރަހައްދުގެ މަގު ބައްތި ނިއްވާލާފައި އޮތް ވަގުތެއް ކަމަށް މައުލޫމާތު ލިބެއެވެ. މި އެކްސިޑެންޓްގެ މާ ބޮޑު ތަފްސީލެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.

އައްޑޫގެ ތާރު އެޅި މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓް ހިގައި އެކި ފަރާތްތަކަށް ބޮޑެތި ގެއްލުން ވަމުން އަންނަ އިރު ގިނަ އެކްސިޑެންޓް ތަކަކީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ހިލާފަށް ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައްކަން ފާހަގަކޮށްލެވެއެވެ.