Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ފުލުހުންގެ ވަޒީފާ އަށް ފުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ވަޒީފާއަށް ވަނުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ވަޒީފާއަށް އެދި ހުށަހަޅާ މީހުންނަނީ އޯ ލެވެލް އިމްތިޙާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގެ ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ އޯ ލެވެލް އިމްތިޙާނު ނުވަތަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވު މާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭ ކަމަށެވެ.

ނަމަވެސް ވަޒީފާ އަށް މީހުން ހޮވުމުގައި އޭ ލެވެލް ފުރިހަމަކޮށްފައިވާ މީހުންނާއި ފުލުހުންގެ މުއައްސަސާ އަށް ބޭނުންތެރި ދާއިރާއަކުން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަން ދޭނެ އެވެ.

ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ޙުސައިން އާދަމް ބިލްޑިންދުހެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.