Last Updated: July 1, 20:14
Wednesday, July 1, 2026
ކުޅިވަރު

ފައިނަލްގެ ފުރަތަމަ ޖާގަ އެމްސީ ޔުނައިޓެޑަށް!

ގްލޯބަލް ލިންކްސް ޗެލެންޖްގެ ސެމީ ފައިނަލްގައި ޔަޝީ އާއި ކުޅެ 1-0 ލަނޑުން މޮޅުވެ އެމްސީ ޔުނައިޓެޑް ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗްގެ ހަމައެކަނި ލަނޑު އެމްސީއަށް ކާމިޔާބް ކޮށްދިނީ އެޓީމުގެ ޖޯޒީ ނަންބަރު 17 އަބްދުﷲ ރަޝީދުއެވެ.

ޔަޝީއަށްވެސް ވަނީ މެޗްގައި ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފައިއެވެ. އެމްސީ ޔުނައިޓެޑް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ.

މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުވާނީ މިއަދު ހަވީރު ކުޅޭ ދިފޭދޫ އަދި މަލްޓީ ޖީނިއަސް ސިޓީ ބައްދަލުކުރާ މެޗުންނެވެ.

ޗެމްޕިއަން ޓީމަށް 100،000ރ އަދި ރަނައަޕްޓީމަށް 25،000ރ ހުށަހަޅާފައިވާ މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު ހިތަދޫ ޒޯން 8 ސްޓޭޑިއަމްގައެވެ.