Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ޓްރެފިކާ ހިލާފުވެގެން 19 މީހަކަށް ފިޔަވަޅު އަޅައިފި

އައްޑޫގައި ހަފުތާ ތެރޭގައި ހިންގި ޓްރެފިކް އޮޕަރޭޝަނެއްގައި 200 އަށް ވުރެ ގިނަ އުޅަނދު ބަލައިފާސްކޮށް، ޓްރެފިކް ގަވައިދާ ހިލާފުވި 19 މީހަކަށް ފިޔަވަޅު އަޅައިފި އެވެ.

ފުލުހުން ބުނީ މި މަހުގެ 12 އިން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 249 އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ހިންގި މި ޓްރެފިކް އޮޕަރޭޝަންތަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނާއި މަގުމަތީގައި ދުއްވާ އުޅަނދުތަކަކީ ޤަވައިދާއެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެއައް ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މި އޮަޕަރޭޝަންތަގައި އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ އަހަރީފީއާއި އިންޝިއުރެންސްއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލާފައިވެ އެވެ.