Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

ޓޫރިޒަމް ދާއިރާގެ ކޯހަކަށް ފުރުސަތު ހުޅުވާލައިފި

އައިލެންޑާސް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އެކެޑެމީން ހިންގާ ޓޫރިޒަމް ދާއިރާގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫގެ ހުރިހާ އަވަށްތަކުގެ ޒުވާނުންނަށް ހުޅުވާލައިފި އެވެ.

އެ އެކެޑެމީން ބުނީ ކޯހުގައި ބައިވެރިވާން ޝައުގުވެރިވާ މީހުންނަށް ކޯހާ ބެހޭ އިތުރު މައުލޫމާތު 9824842 އިން ލިބޭނެ ކަމަށެވެ. އަދި ޝައުގުވެރިވާ މީހުންނަށް ސީވީތައް އައިލެންޑާޒްގެ އީމެއިލް [email protected] އަށް ފޮނެވޭނެ އެވެ.

އައިލެންޑާސް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އެކެޑެމީން ބުނީ މޯލްޑިވްސް އެކްރިޑެޝަން ބޯޑްގެ ހުއްދައާ އެކު ހިންގާ ކޯހަކީ ދިވެި ޒުވާނުންނަށް ޓޫރިޒަމް ދާއިރާގައި ހުރި ފުރުސަތުތަކަށް އަހުލުވެރިކޮށް، ތަމްރީނު ދިނުމުގެ ގޮތުން ހުޅުވައިލެވޭ ދޮރެއް ކަމަށެވެ.

އައިލެންޑާސް ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އެކެޑެމީ ހިންގާ މަޝްހޫރު ވިޔަފާރި ކުންފުނި އައިލެންޑާޒް ގްރޫޕަކީ މާލޭގައި ބިލަބޮން ހައި އިންޓަނެޝަނަލް ހިންގާ ކުންފުނި ވެސް މެ އެވެ.