Last Updated: May 3, 18:13
Friday, May 3, 2024
ޚަބަރު

ޒިކްރާ ކޮލެޖްގެ ގޮތްޕެއް ފޭދޫގައި ހުޅުވަނީ

ތަފާތު އެކި ދާއިރާތަކުން ކޯސްތައް ހިންގަމުން އަންނަ ޒިކްރާ އިންޓަނެޝަނަލް ކޮލެޖްގެ ގޮތްޕެއް ފޭދޫގައި ހުޅުވަން ނިންމައިފި އެވެ.

އެ ކޮލެޖްގެ ފޭދޫ ގޮފި ހުޅުވަން ހަމަޖެހިފައި ވަނީ ފޭދޫ ބޮޑު މަގުގައި "އޯސިސް" ގެ ނަމުގައި ހުޅުވަން ތައްޔާރުވަމުން އަންނަ މަލްޓި ޕާޕަސް އިމާރާތުގެ ބައެއްގަ އެވެ. އެގޮތުން އެތަނުން ބައެއް ޒިކްރާގެ ކޮލެޖް ހިންގަން ނަގައި، އޯސިސްގެ މެނޭޖްމަންޓާ އެކު މިހާރު ވަނީ އެއްބަސްވުމުގައި ސޮއި ވެސްކޮށްފަ އެވެ.

ޒިކްރާ އިން ބުނީ ފޭދޫގައި ހުޅުވާން ގޮފީގެ ސަބަބުން އެ ކޮލެޖްގެ ހިދުމަތް އިތުރަށް ފުޅާވެ، އައްޑޫގެ ޒުވާނުންނަށް ތައުލީމީ ދާއިރާ އިން ކުރިއަށް ދެވޭނެ އިތުރު ފުރުސަަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ.

ފުވައްމުލަކުގައި މައި ކޮޖެލް ހިންގާ ޒިކްރާ އިންޓަނެޝަން ކޮލެޖަކީ ވެރިރަށް މާލޭން ބޭރުގައި އަމިއްލަ ބަޔަކު ހިންގާ ފުރަތަމަ އިންޓަނެޝަނަލް ކޮލެޖް ވެސް މެ އެވެ.