Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

1،000 ކޭޝިއަރުން ތަމްރީނު ކުރަނީ

އެއްހާސް ކޭޝިއަރުން ތަމްރީނު ކުރަން އަނެއްކާ ވެސް ނިންމައި ބައިވެރިވުމުގެ ފުރުސަަތު ހުޅުވާލައިފި އެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިން އޮތޯރިޓީ (ޓިވެޓް) އިން ހިންގާ މި ޕްރޮގްރާމަކީ ދަރިވަރުންގެ އަތުން އެއްވެސް ފީއެއް ނުނަގައި ހިލޭ ހިންގާ ކޯސްތަކެކެވެ. ސްތަކުގެ ތެރޭގައި ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަ އަދި ނެޝަނަލް ސެޓްފިކެޓް 4 އިން ކޭޝިއަ ހިމެނެ އެވެ.

ޓިވެޓުން ބުނީ މި ތަމްރީން ޕްރޮގްރާމްގެ ތިއަރީ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށާއި ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށް ވެސް ރަށުގައި ހުރެގެން ކިޔެވޭނެ ކަމަށެވެ.

ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތަކުގައި ބައިވެރިވެވޭނީ ގްރޭޑް 7 ނިންމާފައިވާ ދަރިވަރުންނަށެވެ.

ސެޓްފިކެޓް ލެވެލް 4 ގެ ކޯސްތަކުގައި ބައިވެރިވެވޭނީ އޯލެވެލް 3 ފާސް ހޯދާފައިވުން ނުވަތަ އެފެންވަރުގެ ސެޓްފިކެޓެއް އޮތުން ނުވަތަ ނެޝަނަލް ސެޓްފިކެޓް 3 އިން ކޭޝިއަ ކޯސް ފުރިހަމަކޮށްފައިވާ މީހުންނެވެ.

މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ޓިވެޓްގެ ޕޯޓަލް މެދުވެރިކޮށް މި މަހުގެ 25 ކުރިން އެޕްލިކޭޝަން ފޮނުވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.