Last Updated: June 4, 21:55
Thursday, June 4, 2026
ޚަބަރު

ކޮންސްޓްރަކްޝަން ކުންފުނިތަކަށް ލޯން ދެނީ

ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ މިހާރަށް ވުރެ ބޮޑަށް ކުރިއެރުވުމަށްޓަކައި އެ ސިނާއަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކަށް މި އަހަރު ލޯން ޕްރޮގްރާމެއް ކުރިއަށް ގެންދަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ސިނާޢަތަކީ ކޮންސްޓްރަކްޝަން ސިނާޢަތް ކަމަށްވުމުން އެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް އެހީތެރިވުމުގެ ގޮތުން ލޯން ޕްރޮގްރާމެއް މި އަހަރު ފަށާނެ ކަމަށެވެ.

ނަމަވެސް ލޯން ދޫކުރަން ފަށާނެ އިރަކާއި ދޫކުރާނީ ކިހާ ވަރެއްގެ ލޯންތަކެއް ކަމެއް އަދި ހާމައެއް ނުކުރެ އެވެ.

އޭނާ ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާ އަށް އަލަށް ވަންނަ ކުންފުނިތަކަށް ދިމާވާ ގޮންޖެހުންތައް އެބަހުރި ކަމަށާއި އެ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.