Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އިދިކޮޅުން މުޒާހަރާއަށް، ބައެއް މީހުން ހައްޔަރުކޮށްފި

ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕުން ހިންގާ ރިސޯޓްތަކަށް ފުލުހުންނާއި އެކު ކަސްޓަމްސްއިން އަރައި ބައެއް މުދާ ގެންދާ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ކުރަން ފެށި މުޒާހަރާގެ ބައިވެރިން ޖުމްހުރީ މައިދާން ސަރަހައްދަށް އެއްވުމުން ބައެއް މީހުން ހައްޔަރުކޮށްފިއެވެ.

އެމްޑީޕީންބުނީ ޓޫރިޒަމް ފުނޑާލުމާއި ރައްޔިތުންގެ މުދާ ފޭރުމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ކާށިދޫ ދާއިރާގެ ރައީސް އަހުމަދު އަޝްވާން ނޫމާން ހައްޔަރުކޮށްފައިވާ ކަމުގައެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒު ކައިރިން ފެށި މުޒާހަރާ ފުލުހުން ހުއްޓުވާފައިވަނީ އެމްއެމްއޭ ސަރަހައްދުންނެވެ. ޖުމްހުރީ މައިދާނަށް ވަންނަން އުޅުނު މީހުން ހުއްޓުވައި ބައެއް މީހުން ހައްޔަރުކޮށްފައިވާ އިރު އެކަމާއި ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

ވިލާ ގްރޫޕުން ހިންގާ ފަން އައިލެންޑް ރިސޯޓަށް ކަސްޓަމްސް އޮފިސަރުން މިރޭ އަރައި ވަނީ ރާ ގުދަނުން ބައެއް މުދާ ގެން ގޮސްފައެވެ.