Last Updated: June 4, 20:19
Thursday, June 4, 2026
ޚަބަރު

އިންޖީނަކަށް މައްސަލަ ޖެހި ދަނބިދޫ އަނދިރީގައި

ލ. ދަނބިދޫ އިންޖީނުގެ --- ފޮޓޯ/ ދަނބިދޫ.ކޮމް

ލ. ދަނބިދޫ އިންޖީނަކަށް މައްސަލަޖެހި އެރަށުން ކަރަންޓް ކަނޑާފައިވާތާ 10 ގަޑިިއިރުވެފައިވާ އިރު މިރޭވެސް އެރަށައް ކަރަންޓް ލިބޭނެކަމުގެ އުއްމީދު ނެތްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ދަނބިދޫން "އައްޑޫލައިވް" އާއި ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓް ކެނޑުނީ މިއަދު މެންދުރޫ 12 ޖަހާކަށް ހާއިރު އިންޖީނަކަށް މައްސަލަޖެހިގެން ކަމަށެވެ.

އޭނާ ބުނީ ކަރަންޓް ކެނޑުމާއި ގުޅިގެން ރަށު ރައްޔިތުން މިރޭ ތިބީ ކަނު އަނދިރީގައިކަމަށެވެ. އަދި ކަރަންޓް ލިބޭނެ ގަޑިއެއް ނޭގޭކަމަށް އޭނާ ބުންޏެވެ.

އާބާދީގައި ހާހެއްހާ މީހުން ދިރިއުޅޭ ދަނބިދޫއަށް ކަރަންޓް ފޯރުކޮށްދެނީ ފެނަކައިންނެވެ.