މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު ކުއްލި ގޮތަކަށް މިއަދު ހިތް ހުއްޓިގެން މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ހ ރެދަން އަހުމަދު އިރުޝާދު (33އ) މަރުވެފައިވަނީ މިއަދު ހިތް ހުއްޓިގެން ކަމަށެވެ. އިރުޝާދު މަރުވެފައިވަނީ ހިތް ހުއްޓިގެންކަމަށް އޭނާ ބެއްލެވި މާފުށީ ސިއްހީ މަރުކަޒުގެ ޑޮކްޓަރާއި ހަވާލާދީ ކަރެކްޝަނުން މައުލޫމާތުދެއެވެ.
އިރުޝާދު ޖަލަށް ހުކުމްކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައެވެ. އެކުށް ސާބިތުވެ އޭނާ ޖަލަށް ލާފައިވަނީ 25 އަހަރަށެވެ.
ޖަލުގައި މިފަހަކަށް އައިސް ގިނަ ގައިދީން މަރުވަމުންދާކަމަށް ބުނެ ކުރީގެ ކަމިޝްނާ އޮފް ޕޮލިސް ވަނީ ތަހްގީގު ކުރުމަށް ގޮވާލާފައެވެ.