މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ފަސް މީހަކުވެގެން ރ. ދުވާފަރުގައި އަންހެނަކު ރޭޕް ކުރި މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭޕް މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެފަސް މީހުން ވަނީ ރ އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.
މީހަކާއި އިނދެގެން ދުވާފަރުގައި ދިރިއުޅެމުން އައި 25 އަހަރުގެ އަންހެން މީހާ ރޭޕްކޮށްލާފައިވަނީ އޭނާގެ ފިރި މީހާ ބޮޑު ކަންނެއްޔަށް ގޮސްފައި ހުއްޓާއެވެ. މި ހާދިސާ އާއި ގުޅިގެން އަންހެން މީހާ ވަނީ އޭނާގެ އުފަން ރަށައް ބަދަލުވެފައެވެ.
ފަހަކަށް އައިސް ރާއްޖޭގައި ރޭޕް ކުރުމުގެ މައްސަލަ އިތުރުވަމުން އަންނަ އިރު އެ ސަގާފަތް ވަނީ އަވައްޓެރި ގައުމުތަކުގައި އާއްމުވެފައެވެ.