ލީގްގައި ސިޓީ ފުރަތަމަ ފަހަރަށް ބަލިވުމަށް ފަހު ކުޅުނު މެޗު ފަސޭހަކަމާ އެކު ސިޓީ ކާމިޔާބުކޮށް، އަނެއްކާ ވެސް ތާވަލުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.
ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކުރި މިމެޗު ސިޓީ ކާމިޔާބުކުރީ 1-3 އިންނެވެ. ސިޓީގެ ތިން ލަނޑުވެސް ޖަހާފައިވަނީ ފޯވާޑް، ސާޖިއޯ އަގުއޭރޯއެވެ. 34 ވަނަ މިނެޓުގައި ލީޑު ނެގީވެސް ސިޓީއިންނެވެ.
ފަހު ދެ ލަނޑު އަގުއޭރޯ ޖަހާފައިވަނީ ފަހު ހާފުގައެވެ. އޭގެ ތެރެއިން ފަހު ލަނޑަކީ 83 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ލަނޑެކެވެ. ނިއުކާސަލްގެ ހަމައެކަނި ލަނޑު 67 ވަނަ މިނެޓުގައި ޖަހާފައިވަނީ މާފީއެވެ.
މިމޮޅާއެކު ސިޓީއަށް އަނެއްކާވެސް ލީގުގައި 12 ޕޮއިންޓުގެ ލީޑެއް ލިބިފައިވާއިރު ރޭ މެންޗެސްޓާ ޔުނައިޓެޑު ވަނީ ބާންލީ 0-1 އިން ބަލިކޮށްފައެވެ. އަދި ޗެލްސީ ވަނީ ބްރައިޓަން ރޯވާސް 0-4 އިން ބަލިކޮށް އަނެއްކާވެސް ލީގުގެ ތިންވަނައަށް ޖެހިލާފައެވެ. އާސެނަލްވެސް ވަނީ ރޭ ކުޅުނު މެޗު 1-4 ގެ ނަތީޖާއަކުން ކްރިސްޓަލް ޕެލެސް ބަލިކޮށްފައެވެ.