މަހަށް ނިކުމެ އުޅެނިކޮށް މިއަދު ވެސް ގއ. ކަނޑުހުޅުދޫ މަސް ދޯންޏެއް ބިންދައިގެން ގޮސްފިއެވެ.
ކަނޑުހުޅުދޫ ކައުންސިލުން ބުނީ މިއަދު ހެނދުނު ބިންދައިގެން ދިޔައީ އެރަށު "ފަހި ރޯދި" ދޯނި ކަމަށެވެ. އެ ދޯނި ބިންދައިގެން ގޮސްފައިވަނީ އެމަށް ނިކުމެ އުޅެނިކޮށެވެ.
ކަނޑުހުޅުދޫން އިއްޔެ ވެސް ވަނީ ދޯންޏެއް ބިންދައިގެން ގޮސްފައެވެ، އެއީ އެރަށުގައި ދުއްވާ "ރަންދުވެލި 105" ދޯނިއެވެ.
ކަނޑުހުޅުދޫ ކައުންސިލުން ބުނީ އެރަށުގައި މަހަށް ނިކުމެ އުޅެނީ އެންމެ ތިން ދޯނި ކަމަށާއި ތިން ވަނަ ދޯނިވެސް މިވަގުތު އޮތީ މަހަށް ފުރޭ ގޮތަށް ނޫންކަމަށެވެ.