Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

ވިލާ ގްރޫޕުން ޖީއެސްޓީ ނުދައްކާތާ 10 މަސް!

ވިލާ ގްރޫޕްގެ ފަސް ރަށުން ދައުލަތަށް ދައްކަން ޖެހޭ ޖީއެސްޓީ ނުދައްކާތާ 10 މަސް ދުވަސް ވެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު (މީރާ)އިން ބުނެފިއެވެ.

މީރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ މާޗު މަހުން ފެށިގެން ވިލާ ގްރޫޕްގެ ރިސޯޓް ތަކުން ދައްކަން ޖެހޭ ޖީއެސްޓީ އާއި އަދި ގްރީން ޓެކްސްގެ 5.1 މިލިއަން ޑޮލަރު ދައްކާފައި ނުވާކަމަށެވެ.

ވިލާ ގްރޫޕުން ހިންގާ ފަސް ރަށުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 18.9 މިލިއަން ޑޮލަރު ނުދައްކާކަމަށް ބުނެ މީރާއިން ވަނީ މިދިޔަ މާޗު މަހުން ފެށިގެން އެކުންފުންޏާއި ދެކޮޅަށް ފިޔަވަޅު އަޅާފައެވެ.

ވިލާ ގްރޫޕަށް މީރާއިން ފިޔަވަޅު އަޅާފައިވަނިކޮށް މިއަދު ވަނީ ރޮޔަލް އައިލެންޑަށް ދޫކޮށްފައިވާ ރަލާއި އޫރުމަސް އެތެރެ ކުރުމުގެ ހުއްދަ ހިފަހައްޓާފައެވެ. މި ދަތިކުރުން ތަކާއި އެކު ވިލާ ގްރޫޕުން ހިންގާ 5 ރިސޯޓް ހުއްޓުމަކަށް އަންނާނެއެވެ.