ސައުދީ އަރަބިއްޔާއިން ދިވެހި ރާއްޖޭގެ އިސްލާމިކް ލައިބުރަރީއަށް ގިނަ އަދަދެއްގެ ދީނީ ފޮތްތަކެއް ހަދިޔާކޮށްފިއެވެ.
މި ފޮތްތަކުގެ ބަޔެއް އިސްލާމިކް ލައިބްރަރީގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ބައެއް ފޮތްތައް ތިނަދޫ އަދި އުނގޫފާރު އިސްލާމީ މަރުކަޒުތަކަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ސައުދީ އެމްބަސީގައި މިއަދު ބޭއްވުނު ކުޑަ ހަފުލާއެއްގައި މިފޮތްތައް ހަދިޔާކޮށްދެއްވާފައިވާއިރު ދިވެހި ސަރުކާރުގެ ފަރާތުން ފޮތްތަކާ ހަވާލުވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދާއި ޕާމަނެންޓު ސެކެޓްރީ މުސްއަބުއެވެ.
ފޮތްތައް ހަދިޔާ ކުރުމުން މުސްއަބް ވަނީ ދިވެހި ސަރުކާރުގެ ފަރާތުން ސައުދީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ. އަދި މިއީ މުޖުތަމައަށް ވަރަށް ފައިދާހުރި ފޮތްތަކަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.