Last Updated: June 28, 12:01
Sunday, June 28, 2026
މުނިފޫހިފިލުވުން

ޝީރަން އާއި ޗެރީ އެންގޭޖްވެއްޖެ

ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއި އޭނާގެ ލޯބިވެރިޔާ ޗެރީ ސީބޯން އެންގޭޖް ކޮށްފި އެވެ.

އުމުރުން 26 އަހަރުގެ ޝީރަން މި ޚަބަރު އޭނާގެ ފޭނުންނާއި ހިއްސާކޮށްފައި ވަނީ އިންސްޓަގްރާމް އަށް އޭނާ އާއި ޗެރީގެ ފޮޓޯއެއް ޕޯސްޓް ކުރަމުންނެވެ.

ޝީރަން އާއި ޗެރީ އަކީ ކުޑައިރުއްސުރެ ރަހުމަތްތެރިންނެވެ. ނަމަވެސް އެދެމީހުން ލޯބީގެ ގޮތުން ގުޅުނީ 2015 ވަނަ އަހަރު ޓެލާ ސްވިފްޓްގެ ފޯތު އޮފް ޖުލައި ޕާޓީ އަށް ޗެރީ އަށް ދައުވަތު ދިނުމަށް ފަހު އެވެ.

https://www.instagram.com/p/BeLG5CBlLYw/

މިދިޔަ އަހަރު ވެގެންގޮސްފައި ވަނީ ޝީރަން އަށް ވަރަށް ކާމިޔާބު އަހަރަކަށެވެ. އެގޮތުން އޭނާގެ އަލްބަމް "ޑިވައިޑް" ވެގެން ގޮސްފައި ވަނީ 2017 ވަނަ އަހަރު ސްޓްރީމިން ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކުގައި އެންމެ މަޝްހޫރު އަލްބަމަށެވެ.