Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އެންމެ ފަހުން ސަންޗޭޒް ޔުނައިޓެޑަށް!

އާސެނަލްގެ ތަރި އެލެކްސިސް ސަންޗޭޒް މެން ޔުނައިޓެޑަށް ކުޅުމަށް އެއްބަސްވެއްޖެއެވެ.

ޖެނުއަރީ ޓްރާންސްފާގައި އެންމެ ގަދަޔަށް މިމަސް ތެރޭ ދެކެވުނު ވާހަކައަކީ މެންޗެސްޓާ ޔުނައިޓެޑުން ސަންޗޭޒް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ވާހަކައެވެ.

އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ދެ ކުލަބުގެ ދެމެދުގައި ވާހަކަ ދެކެވެމުން ދިޔަ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފައިވާއިރު ސަންޗޭޒް ޔުނައިޓެޑަށް ގެނެސްފައިވާކަން އިއުލާން ކުރީ ރޭގައެވެ.

އަދި މެންޗެސްޓާ ޔުނައިޓެޑުގެ ހެންރިކް މިޚިތަރިޔާން ވަނީ އާސެނަލްއަށް މި އެއްބަސްވުމުގެ ދަށުން ބަދަލުވެފައެވެ. ސީޒަނުގެ ކުރީކޮޅު ރަނގަޅު ކުޅުމެއް މިޚިތަރިޔާންގެ ފަރާތުން ފެނުނު ނަމަވެސް، ފަހަކަށް އައިސް އޭނާގެ ދަށް ފޯމުގެ ސަބަބުން މޮރީނިއޯ ވަނީ އޭނާއަށް ފުރުސަތުތަކެއް ނުދީފައެވެ.

ސަންޗޭޒް ހޯދުމަށް ފުރަތަމަ މެންޗެސްޓާ ސިޓީއިން ވެސް މަސައްކަތް ކުރި ނަމަވެސް ޔުނައިޓެޑުން އޭނާ ހޯދަން މަސައްކަތް ފެށުމުން ސިޓީ ވަނީ އެމަސައްކަތް ހުއްޓާލާފައެވެ.