ޒިކްރާ އިންޓަނެޝަނަލް ކޮލެޖްގެ ކެމްޕަހެއް ފޭދޫގައި ގާއިމު ކުރަން ނިންމައި، އެތަނުގައި ހިލޭ ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޒިކްރާ އިން ބުނި ގޮތުގައި 2050 ސްކޮލްޝިޕްގެ ދަށުން އެ ކޮލެޖްގައި ޖުމްލަ 10 ދާއިރާއަކުން ކިޔެވުމުގެ ފިރުސަތު ލިބޭނެ އެވެ.
* ޑިިޕްލޮމާ އިން ޕްރައިމަރީ ޓީޗިން
* ޑިޕްލޮމާ އިން ސައިކޮލޮޖީ އެންޑް ކައުންސެލިން
* އެޑްވާންސް ސެޓްފިކެޓް އިން ޓީޗިން
* އެޑްވާންސް ސެޓްފިކެޓް އިން ނާސިން
* އެޑްވާންސް ސެޓްފިކެޓް އިން ސައިކޮލޮޖީ އެންޑް ކައުންސެލިން
* އެޑްވާންސް ސެޓްފިކެޓް އިން ޓޫރިޒަމް މެނޭޖްމަންޓް
* އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިޝަން
* ސެޓްފިކެޓް 3 އިން އިލެކްޓްރިޝަން
* ސެޓްފިކެޓް 3 އިން ސައިކޮލޮޖީ އެންޑް ކައުންސެލިން
* ސެޓްފިކެޓް 3 އިން ޓުއާގައިޑް
ޒިކްރާ އިންޓަނެޝަނަލް ކޮލެޖުން ބުނީ މި ކޯސްތަކާ ބެހޭ މައުލޫމާތު 7799933 އިން ލިބޭނެ އެވެ.
އެ ކޮލެޖްގެ އައްޑޫ ކެމްޕަސް ގާއިމު ކުރަން ނިންމާފައި ވަނީ ފޭދޫ ބޮޑުމަގުގައި ހުންނަ "އޯސިސް" މަލްޓި ޕާޕަސް އިމާރާތުގަ އެވެ. ޒިކްރާގެ މައި ގޮފި ހުންނަނީ ފުވައްމުލަކުގަ އެވެ.