Last Updated: May 3, 11:12
Friday, May 3, 2024
ޚަބަރު

މުޅި ރާއްޖޭގެ ކަރަންޓާއި ފެނުގެ އަގު އެއް ރޭޓަކަށް ހަދަން ނިންމައިފި

ރަށްރަށުގައި ދެމުން އަންނަ ކަރަންޓާއި ފެނުގެ އަގު ހެޔޮ ކުރަން މިއަދު ސަރުކާރުން ނިންމައިފި އެވެ.

މިކަމާ ބެހޭ ތަފުސީލްތައް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި ކަރަންޓާއި ފެނުގެ ހިދުމަތްދޭ ފެނަކާއި ސްޓެލްކޯގެ ވެރިން މިހާރު އަންނަނީ ދެއްވަމުންނެވެ.

އެގޮތުން ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން ފެށިގެން 400 ޔުނިޓްތަކާ ދެމެދުގެ ބޭންޑުތަކުން ރަށްރަށުގެ ކަރަންޓްގެ އަގު ވަނީ މާލެއާ އެއްވަރަށް ބަދަލުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ބަދަލު އަންނަ މާޗް މަހުން ފެށިގެން އަމަލު ކުރަން ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

މާލެ އަތޮޅު ތެރޭގެ ކަރަންޓްގެ އަގު އެއްގޮތްކުރުމުން އައި ބަދަލު:

* 100-0 ޔުނިޓާ ހަމައަށް ނަގާނީ 1.50ރ.
* 200-101 ޔުނިޓާ ހަމައަށް ނަގާނީ 1.70ރ.
* 300-201 ޔުނިޓާ ހަމައަށް ނަގާނީ 2.15ރ.
* 400-301 ޔުނިޓާ ހަމައަށް ނަގާނީ 2.50ރ.

އަތޮޅުތެރޭގެ ފެނު އަގަށް ގެނައި ބަދަލު:

* 100-0 ލީޓަރާ ހަމައަށް މީގެ ކުރިން 65ރ. ދެން ނަގާނީ 22ރ.
* 200-101 ލީޓަރާ ހަމައަށް ކުރިން ނެގީ 75ރ. ދެން ނަގާނީ 70ރ.
* 200 ލީޓަރުން މައްޗަށް ކުރިން ނެގީ 100ރ. ދެން ނަގާނީ 95ރ.

މިނިސްޓަރު ތޯރިގު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގެ ފެނުގެ އަގުތައް އެއްގޮތް ކުރުމަކީ ހެޔޮ ބަދަލެއް ކަމަށެވެ.

"ފެނުގެ އަގު މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އެއް އަގަކަށް ހަމަޖައްސާފައި. މިއީ މީގެ ކުރިން ރާއްޖޭގައި ނުކުރެވޭ ކަންތައްތަކެއް. އެއްވެސް ދައުރެއްގައި ނެތް ފެނުގެ އަގު އެއްވަރުވެފައެއް ހުރިހާ ކަންކޮޅުތަކެއްގައި،" މިނިސްޓަރު ވިދާޅުވުި އެވެ. "ކަރަންޓްގެ އަގު މިހާރު މިއާދެވުނު ހިސާބަށް ވެސް މީގެ ކުރިން ނެތް އާދެވިފައި."