Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ނޫސްވެރިންނަށް ނަސްރުﷲ ކުރި ދައުވާތައް ނަގައިފި

އަރަބިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް، ޝެއިޚް ނަސްރުﷲ މުސްތަފާ ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކާ ދެކޮޅަށް ކުރި އަބުރުގެ ދައުވާތައް އަނބުރާ ގެންގޮސްފިއެވެ.

މިހާރު ނޫހުގެ ފަސް ނޫސްވެރިޔަކާއި ވީނިއުސްގެ ނޫސްވެރިޔަކާ ދެކޮޅަށް ނަސްރުﷲ އުފުލާފައިވާ ދައުވާތައް އަނބުރާ ގެންގޮސްފައިވަނީ މިއަދު ކުރިއަށް ދިޔަ ޑިސްޕިއުޓް އަޑުއެހުމުގައެވެ.

އަޑުއެހުމުގައި ނަސްރުﷲ ބުނެފައިވަނީ ދައުވާ އަނބުރާ ނަގާފައިވަނީ މައްސަލައިގެ ހަގީގަތް ހާމަކުރެވިފައިވާތީއާއި މިހާރު ނޫހުގައިވެސް އެކަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

މިހާރު ނޫހުގެ ފަސް ނޫސްވެރިޔަކާއި ވީނިއުސްގެ ނޫސްވެރިޔަކާ ދެކޮޅަށް ނަސްރުﷲ އަބުރުގެ ދައުވާ ކޮށްފައިވަނީ އަބުރަށް އަރައިގަތުމުން ލިބުނު ގެއްލުމުގެ ބަދަލުގައި ކޮންމެ ނޫސްވެރިޔެއްގެ އަތުން 7 މިލިއަން ރުފިޔާ ހޯދާ ދިނުމަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ވަނީ ބޮޑެތި ދައުވާތަކެއްވެސް އުފުލާފައެވެ. އަދި އެމައްސަލަތައް މިހާރުވެސް ކުރިމިނަލް ކޯޓުގައި ހިނގަމުން އެބަދެއެވެ.