Last Updated: April 25, 22:42
Friday, April 26, 2024
ދުނިޔެ

އެލަސްކާގެ ބިންހެލުމާ އެކު ސުނާމީ އެލާޓް ނެރެފި

އެމެރިކާގެ އެލަސްކާގެ އައްސޭރިއަށް 7.9 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމަށް އައުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެމެރިކާގެ ޖިއޮލިޖިކަލް ސާވޭ އިން ބުނި ގޮތުގައި އެ ބިންހެލުން އައިސްފައި ވަނީ ކޯޑިއަކްގެ އިރުދެކުނުން 280 ކިލޯމީޓަރު ދުރުންނެވެ.

އެމެރިކާގެ މޫސުމާއިބެހޭ އިދާރާއިން ބުނާ ގޮތުގައި އެލަސްކާ އާއި ބްރިޓިޝް ކޮލަމްބިއާ އަށް ސުނާމީގެ އިންޒާރު ދީފައިވާ ކަމަށާއި، އެމެރިކާގެ ހުޅަނގު އައްސޭރީގައި ވެސް ސުނާމީ އުފެދިދާނެ ކަމަށެވެ.

އެންކަރޭޖްގެ އޮފިޝަލުން ވަނީ މޫދާއި ކައިރި ސަރަޙައްދުތަކުގައި ފުރާނައާއި މުދަލަށް ގެއްލުން ލިބިދާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

އެ އެލާޓްގައި ބުނެފައި ވަނީ ބިންހެލުމުގެ އަސަރުކުރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން އުސް ސަރަޙައްދުތަކަށް ބަދަލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. ގަލްފް އޮފް އެލަސްކާގެ ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ގެދޮރު ދޫކޮށް ދާން އަންގާފައެވެ.

އެހެންކަމުން އިމާޖެންސީ އޮފިޝަލުންގެ އިތުރުން އާންމު ރައްޔިތުން ވެސް ތިބެން ޖެހޭނީ ކުއްލި ހާލަތެއް މެދުވެރިވެދާނެ ކަމަށް ތައްޔާރުވެގެންނެވެ.