ދިލްޖިތް ދޯސަންޖް އާއި ކަރަން ޖޯހަރް އަދި ސޮނާކްޝީ ސިންހާ އާއި ބޯމަން އިރާނީގެ އިތުރުން ލާރާ ދައްތާ އާއި ރިތޭޝް ދޭޝްމުކް އަދި ރާނާ ދައްގުބަތީ ފެނިގެންދާ ފިލްމް "ވެލްކަމް ޓު ނިއު ޔޯކް" ގެ ކާސްޓް އިއުލާން ކުރީއްސުރެ ގިނަ ބަޔަކު ދަނީ އެ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.
އެ ފިލްމްގެ ރަސްމީ ޕޯސްޓަރު އާއި ޓީޒާ ވީޑިއޯ ރިލީޒްކުރިތާ ހަފްތާއެއް ފަހުން މިހާރު އެ ފިލްމްގެ ފުރަތަމަ ޓްރެއިލާ ވެސް ވަނީ ނެރެފަ އެވެ.
ފިލްމްގެ ޓްރެއިލާ އިން ފެނިގެންދާ ގޮތުގައި ދިލްޖީތް އަދާކުރަނީ އެކްޓަރެއްގެ ރޯލެވެ. ސޮނާކްޝީ ގުޖުރާތުގެ ފެޝަން ޑިޒައިނަރެއްގެ ރޯލް އަދާކުރާއިރު، ކަރަން ޖޯހަރް ފެނިގެންދާނީ ޑަބަލް ރޯލަކުންނެވެ. ރިތޭޝް އާއި ބޯމަން އަދި ލާރާ އާއި ރާނާ ފެނިގެންދަނީ ކޮމެޑީ ރޯލްތަކަކުންނެވެ.
އިންޑިއާގެ ފުރަތަމަ 3ޑީ ކޮމެޑީ ފިލްމް ކަމުގައިވާ "ވެލްކަމް ޓު ނިއު ޔޯކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ.