ކަރަބައޮ ކަޕް ސެމީ ފައިނަލުގެ ދެވަނަ ލެގުގައި މެންޗެސްޓާ ސިޓީ އަދި ބްރިސްޓަލް ސިޓީ ބައްދަލުކުރި މެޗު 2-3 އިން ސިޓީ ކާމިޔާބުކޮށް، ޕެޕް ގާޑިއޯލާގެ ކޯޗު ކަމުގެ ދަށުން ސިޓީ ފުރަތަމަ ފަހަރަށް ފައިނަލަކަށް ދަތުރުކޮށްފިއެވެ.
މިމެޗުގެ ފުރަތަމަ ލެގު 1-2 އިން ކާމިޔާބުކޮށް އެގުރިގޭޓު 3-5 އިން މޮޅުވެ ސިޓީ ފައިނަލަށް ދަތުރުކޮށްފައިވަނީ ރޭ ލިރޮއި ސަނޭ، އަގުއޭރޯ އަދި ޑިބްރުއޭނާގެ ގޯލުތަކުންނެވެ.
ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ސަނޭ ލީޑު ނަގާދިން އިރު ދެވަނަ ހާފުގެ ކުރީކޮޅު އަގުއޭރޯ ވަނީ ލީޑު ފުޅާކޮށްފައެވެ. ނަމަވެސް ބްރިސްޓަލްއިން ވަނީ ފަހު 20 މިނެޓު ތެރޭ ދެލަނޑު ޖަހާފައެވެ. މާލެން ޕެކް އަދި އެޑަން ފްލިންޓުގެ ގޯލުތަކުން ގާޑިއޯލާގެ ޓީމަށް ނުތަވަސްކަން ވެރިވިޔަސް ޑިބްރުއޭނާ ވަނީ އެންމެ ފަހު ވަގުތު އަނބުރާ ލީޑު ނަގާދީފައެވެ.
ފެބްރުއަރީ މަހު 25 ގައި ކުޅޭ މިމުބާރާތުގެ ފައިނަލުގައި ވާދަކުރާނީ މިރޭ އާސެނަލްއާއި ޗެލްސީ ކުޅެ، މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މިމެޗުގެ ފުރަތަމަ ލެގު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.