ވޯލްޑްކަޕް ޓްރޮފީ ޓުއާ އާއި ގުޅިގެން މާލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން ބުނީ ޓްރޮފީ ދަތުރާއި ގުޅިގެން މާލޭގެ ބައެއް މަގުތައް އެކި ވަގުތު ތަކުގައި ބަންދު ކުރާނެ ކަމަށެވެ.
އެގޮތުން މިއަދާއި މާދަމާ ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދާއި އެފްއޭއެމް ޓާފް ދަނޑު ސަރަހައްދުގެ އިތުރުން ހޮޓެލް ޖެން ސަރަހައްދު ބަންދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
"ކޮކާ ކޯލާ ވޯލްޑްކަޕް ޓްރޮފީ" ޓުއާގައި ގިނަ ހަރަކާތްތަކެއް އިންތިޒާމް ކޮށްފައިވާ އިރު ތައްޓާއިއެކު ފޮޓޯ ނެގުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
މާލޭގެ ޓްރެފިކް ފްލޯއަށް ފުލުހުން ބަދަލު ގެންނަނީ މިޓުއާ އާއި ގުޅިގެން މާލޭ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެހީތެރިވެ ދިނުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.