Last Updated: May 14, 10:30
Tuesday, May 14, 2024
ޚަބަރު

ހިތަދޫން މިއަދު ވެސް ކަރަންޓް ކެނޑިއްޖެ

ހިތަދޫގައި ހުންނަ ފެނަކަ ސޭލްސް ސެންޓަރ.އައްޑޫލައިވް ފޮޓޯ: އައިޝަތު ނާޖީ

އިންޖީނަކަށް މައްސަލަ ޖެހި މިއަދުވެސް ހިތަދޫގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.

އައްޑޫ ސިޓީއަށް ކަރަންޓު ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދުވެސް ކަރަންޓު ކަނޑަން ޖެހުނީ ޖަނެރޭޓަރަކަށް މައްސަލައެއް ޖެހުމުގެ ސަބަބުން ލޯޑު ބޮޑުވެގެންނެވެ.

އިއްޔެވެސް ބޮޑު ބަޔަކުން އެއް ފަހަރާ ކަރަންޓު ކަނޑާލާފައިވާއިރު ގަޑި އިރެއް ފަހުން ކަރަންޓު ވަނީ އަލުން ލިބިފައެވެ. އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އާ ޖަނެރޭޓަރު ގެނެސް، އިންސްޓޯލްކޮށް މިހާރު ޓެސްޓުވެސް ކުރަމުން އަންނަ ކަމަށް ފެނަކަ އިން މައުލޫމާތު ދެއެވެ.

ސަރުކާރުން ވަނީ މާލެއާއި އަތޮޅު ތެރޭގައި ކަރަންޓާއި ފެނުގެ އަގު އެއްހަމަ ކުރުމަށް ނިންމާފައިވާ ކަން އިއްޔެ ހާމަކޮށްފައެވެ. ނަމަވެސް ކަރަންޓުގެ ޚިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށް ނުދެވޭ ކަމަށްބުނެ ރައްޔިތުން އަންނަނީ ފަހަކަށް އައިސް ޝަކުވާ ކުރަމުންނެވެ.