Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ފުށިފަރު ރިސޯޓްގައި ޒުވާނަކު މަރުވެފައި އޮއްވައި ފެނިއްޖެ

ޅ. އަތޮޅުގައި ހިންގަމުން އަންނަ ފުށިފަރު ރިސޯޓުގައި ދިވެހި ޒުވާނަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތްވާ ފެނިފައިވަނީ އެރަށުގައި ޝެފެއްގެ ގޮތުގައި މަސައްކަތް ކުރަމު ން ދިޔަ ގދ. މަޑަވެލީ އަބްދުﷲ ހަމީދުއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 7:50 ހާއިރު ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމީދު މަރުވެފައިވާކަން އެނގުނީ މިއަދު ހެނދުނު އޭނާ ހޭނުލައިގެން ގޮސް ބެލުމުންނެވެ.

ފަހަކަށް އައިސް ކުއްލިގޮތަކަށް މަރުވާ ޒުވާނުންގެ އަދަދު ރާއްޖޭގައި ދަނީ ގިނަވަމުންނެވެ.