Last Updated: June 28, 10:37
Sunday, June 28, 2026
މުނިފޫހިފިލުވުން

"އަ ރިންކަލް އިން ޓައިމް" ގެ އާ ޓްރެއިލާއެއް

މި އަހަރުގެ މާޗު މަހުގެ ތެރޭގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "އަ ރިންކަލް އިން ޓައިމް" ގެ މުޅިން އާ ޓްރެއިލާއެއް ޑިޒްނީ އިން ނެރެފި އެވެ.

އާ ޓްރެއިލާއިން ފެނިގެންދަނީ ވީނުވީއެއް ނޭނގި ބައްޕަ ގެއްލިފައިވާ ކުޑަ އަންހެން ކުއްޖަކަށް ސްކޫލްގައި ދިމާވާ ދަތިތަކެވެ.

މިއީ މޭޑަލިން ލިންގަލް ލިޔެ 1962 ވަނަ އަހަރު ނެރުނު ފޮތް، "އަ ރިންކަލް އިން ޓައިމް"ގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

މީގެ ކުރިން ރިލީޒް ކުރި މި ފިލްމްގެ ޓްރެއިލާތަކުން އެނގިފައިވާ ގޮތުގައި އެލެކްސެންޑާ ނަމަކަށް ކިޔާ ސައިންސްވެރިޔަކު ވަގުތު ހުއްޓުވައި މުޅި ކައުނުގައި ދަތުރު ކުރެވޭފަދަ މެޝިނެއް އުފައްދާ ކަމެވެ.

މި އާ ޓްރެއިލާއިން ފެނިގެންދަނީ އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭ ތަނާއި، އޭނާގެ ދަރިފުޅާމެދު ޓީޗަރުންނާއި ރައްޓެހިން ކަންބޮޑުވެގެން އުޅޭ މަންޒަރެވެ.
އޭނާގެ ބައްޕަ ހޯދުމަށް ކުރާ މަސައްކަތުގައި ތިން ސިހުރުވެރިންނާއި އޭނާއަށް ބައްދަލުވެއެވެ. އެ ތިން ސިހުރުވެރިންގެ ރޯލް އަދާކުރަނީ އޯޕްރާ ވިންފްރީ އާއި ރީސް ވިތާސްޕޫން އަދި މިންޑީ ކާލިންގް އެވެ.

މި ފިލްމްގެ ފުރަތަމަ ޕޯސްޓަރު މިދިޔަ ނޮވެމްބަރު މަހު ދައްކާލާފައިވާއިރު، ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މާޗު މަހުގެ 9 ވަނަ ދުވަހު އެވެ.