ކާމިޔާބު ފުރަތަމަ ފިލްމަކަށްފަހު "ޕެސިފިކް ރިމް" ގެ ދެވަނަ ބައިގެ އާ ޕޯސްޓަރެއް ފިލްމްގެ ޓްރެއިލާ އާއި ބެހޭ ތަފްސީލްތަކާއެކު ދައްކާލައިފި އެވެ.
ރިޕޯޓްތައް ބުނާގޮތުން މި ފިލްމްގެ އާ ޓްރެއިލާއެއް މިރޭ އާންމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ސްޓީވެން ދިނައިޓް ޑައިރެކްޓް ކޮށްފައިވާ މި ފިލްމުން ފެނިގެންދާނެ ތަރިންގެ ތެރޭގައި ޖޯން ބޮޔެގާ، ސްކޮޓް އީސްޓްވުޑް، ކައިލީ ސްޕޭނީ، ޖިން ޓިއާން އާއި އެޑްރިއާ އަރްޔޯނާގެ އިތުރުން ޗާލީ ޑޭ އާއި ބާން ގޯމޭންގެ އިތުރުން ރިންކޯ ކިކުޗީ ވެސް ހިމެނެއެވެ.

ސައިންސް ފިކްޝަންގެ ފޭނުންނަށް ކަމުދާނެ "ޕެސިފިކް ރިމް އަޕްރައިޒިން" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މާޗު މަހުގެ 23 ވަނަ ދުވަހު އެވެ.