Last Updated: June 28, 10:37
Sunday, June 28, 2026
މުނިފޫހިފިލުވުން

ޕީއެސް4 "ގޯޑް އޮފް ވޯ" އެޕްރީލް 20 ގައި ބާޒާރަށް

މަޝްހޫރު ޕީއެސް ގޭމް ސީރީޒް "ގޯޑް އޮފް ވޯ" ގެ އެންމެ ފަހު ގޭމްގެ ޓްރެއިލާ މިއަދު ދައްކާލާފައިވާ އިރު، އެ ގޭމް ރިލީޒް ކުރާނީ އަންނަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށް ސޮނީން ބުނެފި އެވެ.

"ގޯޑް އޮފް ވޯ" ގެ އާ ގޭމްގައި ކްރާޓޯސް ފެނިގެން ދާނީ މުޅިން އާ ގޮތަކަށެވެ. މީގެ ކުރިން އޭނާ ފެނިގެން ގޮސްފައި ވަނީ ބަދަލު ހިފުމަށް ބޭނުންވާ ވަރަށް ރުޅިގަދަ މީހެއްގެ ގޮތުގަ އެވެ.

ނަމަވެސް މިފަހަރު އޭނާ ފެނިގެން ދާނީ ބައްޕައެއްގެ ރޯލުންނެވެ.

މި ގޭމަކީ މި އަހަރު ރިލީޒް ކުރެވޭނެ އެންމެ ބޮޑު އެއް ޕީއެސް4 ގޭމެވެ.