Last Updated: June 28, 10:37
Sunday, June 28, 2026
މުނިފޫހިފިލުވުން

ރިތިކް "ސްޕަ 30" ގެ ޝޫޓިން ފަށައިފި

ގިނަ ދުވަސްތަކަކަ ށްފަހު ރިތިކް ރޯޝަން އޭނާގެ ފިލްމް "ސްޕަ 30" ގެ ޝޫޓިން އަންގާރަ ދުވަހު ފަށައިފި އެވެ.

އުމުރުން 44 އަހަރުގެ ރިތިކް ވަނީ އިއްޔެ އޭނާގެ ރަސްމީ ޓްވިޓާ މެދުވެރިކޮށް "ސްޕަ 30" ގެ ޝޫޓިން ފަށަން އުޅޭކަމުގެ ޚަބަރު ފޭނުންނާ ހިއްސާކޮށްފަ އެވެ.

މި ފިލްމްގައި ރިތިކް ފެނިގެން ދާނީ ހިސާބުގެ އިލްމަށް އަރާހުރި އާނަންދް ކުމާރްގެ ރޯލުންނެވެ.

އާނަންދަކީ ކޮންމެ އަހަރަކު މާލީ ތަނަވަސްކަން ލިބިފައި ނުވާ، ވަރަށް މޮޅު އަދި ހުނަރުވެރި 30 ކުދިން އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ އެންޓްރާންސް ޓެސްޓުގައި ބައިވެރި ކުރުމަށް ތަމްރީންކޮށްދޭ މީހެކެވެ.

ކަންގަނާ ރަނާވަތު އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ހޯދި "ކްއީން" ގެ ޑައިރެކްޓަރު ވިކާސް ބާލް ޑައިރެކްޓް ކުރާ "ސްޕަ 30" މި ފިލްމް މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އިރު، ރިތިކްގެ އުފަން ދުވަސް ކަމަށްވާ 10 ޖެނުއަރީ ގައި އޭނާގެ ބައްޕަ ރާކޭޝް ރޯޝަން ވަނީ "ކްރިޝް 4" 2020 ގައި ސިނެމާތަކަށް އަންނާނެކަން ވެސް އިއުލާންކޮށްފަ އެވެ.