Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

"ވައްކަރު މޯލްޑިވްސް" ރިސޯޓް ހުޅުވައިފި

"ވައްކަރު މޯލްޑިވްސް"ގެ ނަމުގައި ފަތުރުވެރިކަމުގެ ދާއިރާއަށް މުޅިން އައު ލަގްޒަރީ ރިސޯޓެއް ހުޅުވައިފި އެވެ.

މިއީ ބ.އަތޮޅުގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ފުރައިގެން ސީޕްލޭންގައި 25 މިނިޓުން ދެވޭ މި ރިސޯޓަށް ފުރަތަމަ ފަތުރުވެރިން ގެންނަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައެވެ.

މިރިސޯޓު ފަރުމާކޮށްފައިވަނީ އާއިލާއާއި ރައްޓެހިންނާއި އެކު ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށެވެ.

125 ބީޗް އަދި ވޯޓާ ވިލާސްއާއި ސުއިޓްސްތަކުގައި ގުދުރަތީ ރީތިކަން ފެންނަ ގޮތަށް ވަނީ ތައްޔާރުކޮށްފައެވެ.

މި ރިސޯޓްގެ ބީޗް ފްރަންޓް އަމާނީ ރެސްޓޯރަންޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ މަޝްހޫރު ކެއުންތައް ލިބޭ ތަނެއް ކަމަށާއި މިތަނުން ހެދުނުގެ ނާސްތާއާއި ރޭގަނޑުގެ ކެއުންލިބެން ހުންނާނެއެވެ.

އަދި އިޓާލިއަން ރެސްޓޯރެންޓެއްގެ ގޮތުގައި އައިސޮލެޓާ ހުންނައިރު "ވައްކު" ބީޗް ރެސްޓޯރަކީ ވެސް ތަފާތު ގިނަ ކެއުންތައް ލިބޭ ރެސްޓޯރެންޓެއް ކަމަށާއި އޮނޫ ރެސްޓޯރަންޓް ހާއްސަކޮށްފައިވަނީ އޭޝިއަން ކެއުމަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ރެސްޓޯރަންޓެކެވެ.

މީގެ އިތުރުން މި ރިސޯޓަކީ ކުޑަކުދިންނަށްވެސް ހިތް ހަމަޖެހުމާއި އެކު ތަފާތު އެކި ކުޅިވަރުކުޅެ ޗުއްޓީ އުފާވެރި ގޮތުގައި ހޭދަކުރުމަށް ގިނަ ފުރުޞަތުތަކެއް ހުޅުވާލާފައިވާ ތަނެކެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ކުޅޭ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ޕޫލްވެސް ހުރެއެވެ.