Last Updated: June 13, 13:15
Saturday, June 13, 2026
ޚަބަރު

ކްރިމިނަލް ކޯޓަށް އައްޑޫގެ ދެ ފަނޑިޔާރަކު

ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެވނު ދެ ފަނޑިޔާރުން. ކަމަށްވާ ހައިލަމް(ކ) އަދި ޝަހީދު: ފޮޓޯ ސަން

ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޑުއަށް ނިސްބަތްވާ ދެ ބޭފުޅުން މިއަދު އައްޔަން ކުރައްވައިފިއެވެ.

އަލަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެވިފައިވަނީ ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓް ހުސެއިން ޝަހީދާއި ޕީޖީ އޮފީހުގެ ވަކީލެއްގެ މަގާމުގައި ހުންނެވި އަހުމަދު ހައިލަމެވެ. މި ދެބޭފުޅުންނަކީވެސް އައްޑޫ ސިޓީއަށް ނިސްބަތްވާ ދެބޭފުޅުންނެވެ.

އަލަށް އައްޔަން ކުރެވުނު ދެ ފަނޑިޔާރުންނާއެކު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ. ނަމަވެސް މިހާރު އެތަނުން އެއް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ރަޝީދު ހުރީ ސަސްޕެންޝަނުގައެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށްވެސް މިއަދު ވަނީ ކުރިން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޔާޒު އައްޔަން ކުރައްވާފައެވެ. އަދި އޭނާ އެމަގާމަށް އައްޔަން ކުރެވުމާއެކު ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދުވެސް ވަނީ ހަތަކަށް އަރާފައެވެ.