ދޫނިދޫ ކައިރިން ދެ ދޯނި އެކްސިޑެންޓްވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި އެއް ދޯނީގައި 2 އަންހެނުންނާއި އެކު ޖުމްލަ 28 މީހަކު ދަތުރުކުރިއެވެ.
އެމްއެންޑިއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ދޯނި ޖެހި ހިނގި އެކްސިޑެންޓްގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނީ މިރޭ 7 ޖަހާކަށްހާއިރު ކަމަށެވެ. އަދި ދޯންޏަށް އެހީތެރިކަން ދިނުމަށްފަހު ދޯނިން ދަތުރު ކުރި އެންމެން މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި މައްސަލައިގެ ތަހްގީގު ފުލުހުން މިހާރު ވަނީ ފަށާފައެވެ.