ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫން ހަމަސް ދުވަސް ވަންދެން ޖަލު ބަންދުގައި ބެހެއްޓުމަށްފަހު މިއަދު މިނިވަންކޮށްފި އެވެ.
ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ފާރިސް މިނިވަން ކޮށްފައިވަނީ ހަ މަސް ދުވަސް ވަންދެން ބަންދުގައި ބަހައްޓައިގެންވެސް އޭނާއާ ދެކޮޅަށް އެއްވެސް ހުކުމެއް ނުކޮށެވެ.
ނަމަވެސް މިދިޔަ ޖުލައި މަހު ފާރިސް ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހުކުމްކޮށްފައެވެ.
Sharuthu thakaai eku Rayyithun Majilis ge Dhiggaru Dhaairage Member @afarismaumoon bandhun dhookohlun pic.twitter.com/MaPpXthD4v
— MDP Secretariat (@MDPSecretariat) January 25, 2018
ފާރިސް މިނިވަން ކޮށްފައިވަނީ ތިން ޝަރުތުތަކެއް ކުރިމަތި ކުރުމަށް ފަހުގައެވެ. އެއީ މައްސަލައަށް ނުވަތަ ހެއްކަށް ނުފޫޒު ފޯރާނެ ފަދަ ކަމެއް ނުކުރުމަށާއި މާލެއިން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށާއި ގަޑިއަށް ކޯޓަށް ހާޒިރުވުމަށް ޝަރުތުކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގެ ކުރިން މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށައެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފާރިސް ވަނީ އެ ތުހުމަތުތައް ދޮގުކޮށް، ހެއްކެއް ނުހޯދޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.