Last Updated: June 28, 10:37
Sunday, June 28, 2026
ދުނިޔެ

ރޭލު އެކްސިޑެންޓެއްގައި ތިން މީހަކު މަރުވެއްޖެ

އިޓަލީގެ މިލާން ކައިރިން ދަތުރުކޮށްފައި ދިޔަ ރޭލެއް ކައްސާލައިގެން ހިނގި އެކްސިޑެންޓެއްގައި މަދުވެގެން ތިން މީހަކު މަރުވެ، ގާތްގަނޑަކަށް 100 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޕިއޮލްޓެލޯ ލިމިޓޯ ސްޓޭޝަންގެ ރޭލު ދަނގަޑުން ކައްސާލައިގެން ހިނގި މި ހާދިސާގައި ރޭލުގެ އެކި ބައިތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަޔާފައިޓަރުން ދަނީ ކުރަމުންނެވެ.

ލަފާކުރެވޭ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ރޭލުގެ ދެބައި ގުޅުމުގައި ހުރި މައްސަލައެއްގެ ސަބަބުންނެވެ.

ޓްރެނޯޑް ރޭލު ދަތުރުކުރަމުން ދިޔައީ ކްރެމޯނާ އިން މިލާންގެ ޕޯޓާ ގަރިބަލްޑީ ސްޓޭޝަނަށެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މި ހާދިސާ ހިނގި ސަރަޙައްދަށް މިހާރު ދެ ހެލިކޮޕްޓަރު ފޮނުވާފައިވާ ކަމަށާއި، އަނިޔާ ލިބުނު ބައެއް މީހުންނަށް މިހާރު ދަނީ ކައިރި ސަރަޙައްދެއްގައި ފުރަތަމަ އެހީ ދެމުން ކަމަށެވެ.

މީގެ ކުރިން ވެސް އިޓަލީގައި ހިނގި ރޭލު އެކްސިޑެންޓްތަކުގައި ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.