Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ބިޑް ޑޮކިއުމަންޓް 300ރ. އަށް

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކުގެ ބިޑް ޑޮކިއުމެންޓް ވިއްކާނެ އަގެއް ކަނޑައަޅައިފި އެވެ.

ކައުންސިކުން ބުނީ ބިޑް ޑޮކިއުމަންޓް ވިއްކުމާ ގުޅޭ ގޮތުން މި އަހަރު ބޭއްވި ކައުންސިލްގެ ތިން ވަނަ ބައްދަލުވުމުން ނިންމަވާފައިވާ ގޮތުގެ މަތިން ކައުންސިލްގެ އިދާރާއިން އާއްމުކޮށް އިއުލާންކޮށްގެން ކުރިއަށް ގެންދަވާ ޕްރޮޖެކްޓްތަކުގެ ބިޑް ޑޮކިއުމަންޓް ވިއްކާނީ، ޑޮކިއުމަންޓް ސެޓެއް 300ރ. ރުފިޔާ އަށެވެ.

ބިޑް ޑޮކިއުމެންޓް ވިއްކަން ނިންމުމާ ގުޅިގެން، އެކި ޕްރޮޖެކްޓްތަކަށް ޑޮކިއުމެންޓް ވިއްކާނެ ދުވަސްތަކާއި ގަޑިތައް، އެމަސައްކަތަށް ކުރެވޭ އިއުލާންގައި އެނގެން އޮންނާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.