Last Updated: June 28, 10:37
Sunday, June 28, 2026
ދުނިޔެ

ކުއްތާއެއްގެ ބޮލުގައި ދަތް އެޅި މީހަކު ހައްޔަރުކޮށްފި

ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި ފުލުހުންގެ ކުއްތާއެއް ގައިގައި ދަތް އެޅި މީހަކު އެމެރިކާގައި ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ ނިއު ހޭމްޕްޝަޔާ އަށް ނިސްބަތްވާ އެމީހާގެ ތަފްސީލްތައް ފުލުހުން އާންމުކޮށްފައި ނުވާއިރު، އޭނާ ވަނީ ފުލުހުންނަށް ފިލަންވެގެން ހެދުންތަކެއް ދަށަށް ވަދެ، އެ ހެދުންތައް ބޭނުންކޮށްގެން ކުއްތާގެ ކަރުގައި ހިފާ، ކުއްތާގެ ބޮލުގައި ދަތް އަޅާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ އާދިއްތަ ދުވަހު ބޮސްކަވެން އަވަށުގައި މީހެއްގެ ގަޔަށް ބަޑި ޖަހައިފިކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އޭނާގެ ގެއަށް ދިއުމުންނެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ކުއްތާގެ ގައިގައި ދަތްއެޅި ކަމުގެ ދައުވާ އެ ފިރިހެން މީހާގެ މައްޗަށް ވަނީ ކޮށްފައެވެ.