Last Updated: June 28, 10:37
Sunday, June 28, 2026
ޚަބަރު

މުވައްޒަފުންގެ ސާބިތު ކަމަށް ގާސިމްގެ ޝުކުރު

ވިލާ ގްރޫޕްގެ ވިޔަފާރިތަކާމެދު ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދިއުމުގެ ސަބަބުން ވިލާގެ މުވައްޒަފުންނާއި އާއިލާތަކަށް ބޮޑެތި ގެއްލުމާއި ދެރަ ލިބެމުންދާ ދަނޑިވަޅެއްގައިވެސް، މުވައްޒަފުން ދައްކަވަމުން ގެންދަވާ ސާބިތުކަމަށްޓަކައި ވިލާ ގްރޫޕްގެ ޗެއާމަން ޤާސިމް އިބްރާހީމް ވިލާ ގްރޫޕްގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފި އެވެ.

މުވައްޒަފުންނަށް ހިތްވަރު ދެއްވަމުން ޤާސިމް އިބްރާހީމް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އަބަދުވެސް ހުރިހާ ތަންތަނެއްގެ ކުރިއެރުމަކީ އެތަންތަނުގައި މަސައްކަތް ކުރާ އިޚްލާސްތެރި އަދި ތެދުވެރި މުވައްޒަފުން ކަމަށާއި، ވިލާގެ ކުންފުނިތަކުގެ ކުންފުނިތަކުގެ ކުރިއެރުމަކީވެސް އިޚްލާސްތެރި ތެދުވެރި މުވައްޒަފުން ކަމަށާއި، ވިލާގެ މުވައްޒަފުންނާއިމެދު އުފާކުރައްވާ ޝުކުރެވިވާ ކަމަށެވެ.

އެ ބަޔާނުގައި ޤާސިމް އިތުރަށް ވިދާޅުވެފައި ވަނީ ވިލާ ކުންފުނީގެ ވިޔަފާރިތަކުގައި ހުރިހާ ކަމެއް ވެސް ކޮށްފައި ވަނީ އަދި ދެންވެސް ކުރަމުންދާނީ ޤާނޫނުގެ އިމުގެ ތެރެއިން ކަމަށާއި، އެ އިމުގެ ތެރޭގައި އަބަދުވެސް ސާބިތުވެ ތިބުމަށް ޤާސިމް ވަނީ ހުރިހާ މުވައްޒަފުންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރައްވާފައެވެ.

ޤާސިމް ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި އަބަދުވެސް އެވަގުތަކު ކޮށްދެވެން އޮތް އެންމެ ރަނގަޅަކަށް މުވައްޒަފުންނާއި އާއިލާތަކަށް އެކަމެއް ކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މިއުސޫލުން ޢަމަލު ކުރައްވާނެކަމުގެ ޔަޤީންކަން ވިލާގެ މުވައްޒަފުންނަށް ދެއްވި އެވެ.

އެ ބަޔާނުގައި ޤާސިމް ވިދާޅުވީ ވިލާ އިން ދުވަހަކުވެސް ޤާނޫނުތަކާ ޚިލާފު ނުވާނެ ކަމަށާއި، ސަރުކާރުން ވިލާ ކުންފުނިތަކާމެދު އަޅަމުންދާ ފިޔަވަޅުތަކަކީ އެއްގޮތަކަށްވެސް ވިލާއިން ޤާނޫނާ ޚިލާފްވުމުގެ ނަތީޖާއެއް ނޫން ކަމަށެވެ. އެހެންކަމުން މިކަންކަމުގެ މައުލޫމާތު މުވައްޒަފުންނާ ހިއްސާކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ މުވައްޒަފުންނަށް އެނގި ޔަގީންކުރެވިފައި އޮންނަން ވާނެ ކަމެއް ކަަަމަށްވެސް ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ޤާސިމް ވިދާޅުވީ ވިލާ ކުންފުނިތަކުން ދައުލަތަކަށް ދައްކަންޖެހޭ ޓެކްސްތަކާއި އެނޫންވެސް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަމުންދާ ކަމަށާއި، ސަރުކާރާއި ވިލާ ކުންފުނިތަކާއި ދެމެދު ވެވިފައިވާ އެއްބަސްވުންތަކާ ޚިލާފު ނުވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން އެކިފަހަރު މަތިން އެކިގޮތްގޮތަށް އެއްބަސްވުންތަކާ ޚިލާފުވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ވިލާ އަށް ލިބުނު ގެއްލުންތައް ޙައްލުކުރުމަށްޓަކައި މައްސަލައަށް އިންސާފްވެރި ޝަރުޢީ ޙައްލެއް ހޯދުމަށް ވިލާ އިން ވަނީ މިހާރު ކޯޓަށް ހުށަހަޅާފައި ކަމަށާއި، ކޯޓުތަކުން އެމައްސަލަތައް ބަލަމުން ދަނިކޮށް ދައުލަތުން މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރުން ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، ކަސްޓަމްސް އިން މުދާ ދޫކުރުން ހުއްޓާލައި، އިމިގްރޭޝަނުން ދޭންޖެހޭ ހިދުމަތްތައް ހުއްޓާލުމުން ވިލާއަށް ވަރަށް ދަތި އުދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށްވެސް މިބަޔާނުގައިވެ އެވެ.

ޤާސިމް ވިދާޅުވީ އެއިން އެއްވެސް ކަމެއް ކޮށްފައި ވަނީ ވިލާއިން ޤާނޫނާ ޚިލާފުވެގެން ނޫން ކަމަށާއި، އެއިން ކަމެއް ޝަރުޢީ މަރުހަލާ ނުނިމެނީސް ކުރެވިގެން ވާނެ ކަމަށް ވިލާ އިން ނުދެކޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ދަތިކުރުމުގެ މިއަމަލުތަކުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްކަން އެންމެހާ ދިވެހިންނަށް ވަރަށް ސާފެވެ. އެ ސަބަބަކީ ދިވެހިރާއްޖެއާއި ދިވެހިންގެ ކުރިއެރުމާއި ލާބަޔަށްޓަކައި އަޅުގަނޑު ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވައިލުމެވެ. މަދު ބަޔަކު ދެކޭ ގޮތުގައި އެކަން ކުރެވެން އޮތީ އަޅުގަނޑު ބަނގުރޫޓް ކޮށްލައިގެން ކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ މައްޗަށް އިއްވުނު 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ހުކުމުންވެސް މިކަން ސާބިތުވާ ކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމްގެ ބަޔާނުގައިވެ އެވެ.

ވިލާ ގުރޫޕްގެ ވިޔަފާރިތަކަށް ދަތިވާ ގޮތަށް ސަރުކާރުގެ ތެރެއިން ތަފާތު ފިޔަވަޅުތައް އަޅަމުންދިއުމުގެ ސަބަބުން ލިބޭ ގެއްލުންތަކާ ގުޅިގެން ވިލާ ގުރޫޕްގެ މުވައްޒަފުންނާއި އާއިލާތަކަށް ލިބެމުންދާ ގެއްލުމާ ދެރަ އިހްސާސް ކުރަންެޖެހިފައިވާ މިވަގުތުވެސް މުވައްޒަފުން ދައްކަވަމުން ގެންދަވާ ސާބިތުކަމަށްޓަކައި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވިލާގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާ ހިތްވަރު ދެއްވައިފި އެެވެ.

ގާސިމް އިބްރާހީމް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހުރިހާ ތަނެއްގައިވެސް ހުރިހާ އިރަކުވެސް އެތަނެއްގެ ކުރިއެރުމަކީ އެތަނެއްގައި މަސައްކަތް ކުރާ އިޚްލާސްތެރި ތެދުވެރި މުވައްޒަފުން ކަމަށެވެ. މިގޮތުން ވިލާގެ ކުންފުނިތަކުގެ ކުރިއެރުމަކީ ވެސް ތެދުވެރި އިޚްލާސްތެރި މުވައްޒަފުން ކަން ފާހަގަކުރައްވާ ވިލާގެ މުވައްޒަފުންނާއި މެދު އުފާކުރައްވާ ޝުކުރުވެރިކަމަށްވެސް ވިދާޅުވި އެވެ.

"ތިޔަ ލޮބުވެތި މުވައްޒަފުންނަށް ވެސް ފެނި އިހްސާސް ކުރެވެމުންދާ ފަދައިން އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ގާނޫނާއި ހަަމައާއި އިންސާފުގެ ބޭރުން ނުރައްކާތެރި ހިޔަނިތަކެއް މިހާރު ވަނީ އެޅިފަ އެވެ. އެކަމުގެ ގެއްލުމާއި ދެރަ އަޅުގަނޑާ އެކު ތިޔަ ލޮބުވެތި މުވައްޒަފުންވެސް ތިޔަ ގެންދަވަނީ އުފުއްލަވަމުންނެވެ. މިދަނޑިވަޅުގައި ކެތްތެރިކަމާއި ސާބިތުކަމާއެކު މުވައްޒަފުން ދައްކަމުން ގެންދާ ހިތްވަރު އަޅުގަނޑު ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ. މިވަގުތު އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީވެސް ތިޔަ ލޮބުވެތި މުވައްޒަފުންގެ ތެދުވެރިކަމާއި ސާބިތު ކަމެވެ. އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ އިމަކީ އަބަދުވެސް ގާނޫނުގެ އިމެވެ. ހުރިހާ ކަމެއް ކޮށްފައިވާނީ އަދި ދެންވެސް ކުރަމުންދާނީ ގާނޫނުގެ އިމުގެ ތެރެއިން. އަޅުގަނޑުގެ ނަސޭހަތަކީ އިދި އިލްތިމާސަކީ ތިޔަ ލޮބުވެތި މުވައްޒަފުންވެސް އަބަދުމެ މި އިމުގެ ތެރޭގައި ސާބިތުވެ ތިބުމެވެ،" ގާސިމްގެ ބަޔާނުގައިވެ އެވެ.

މުވައްޒަފުންގެ ކުރިއެރުމަކީ އަބަދުވެސް ގަބޫލުކުރައްވާ ހަމައެއްކަން ފާހަގަކުރައްވަމުން މިބަޔާނުގައި ގާސިމް އިބްރާހީމް ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަށްޓަަކައި އެވަގުތަކު ކޮށްދެވެން އޮތް އެންމެ ރަނގަޅަށް މުވައްޒަފުންނާއި އާއިލާތަކަށް އެކަމެއް ކޮށްދެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް،، އަދި ކުރިއަށް އޮތް ތަނުގައިވެސް މިއުސޫލުން އަމަލުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ގާސިމް އިބްރާހީމް ވަނީ ވިލާގެ މުވައްޒަފުންނަށް ދެއްވާފަ އެވެ.

ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވީ ވިލާގެ ވިޔަފާރިތަކަށް ސރުކާރުގެ ފަރާތުން މިހާރު ކުރިމަތިކުރަމުންދާ ހުރަސްތަކާއި ފިއްތުއްތަކާއި އަދި ދެމުންގެންދާ ގެެއްލުންތަކަކީ ވިލާ އިން ގާނޫނާ ހިލާފުވުމުގެ ނަތީޖާ ނޫން ކަމަށެވެ. ވިލާ އިން ދުވަހަކުވެސް ގާނޫނުތަކާ ހިލާފު ނުވާނެ ކަމުގެ ޔަގީންކަންވެސް ގާސިމް އިބްރާހީމް ވަނީ ދެއްވާފަ އެވެ. އެހެންކަމުން މިކަންކަމުގެ މައުލޫމާތު މުވައްޒަފުންނާ ހިއްސާކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ މުވައްޒަފުންނަށް އެނގި ޔަގީންކުރެވިފައި އޮންނަން ވާނެ ކަމެއް ކަަަމަށްވެސް ގާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މިބަޔާނުގައި ވިދާޅުވެފައިވަނީ ވިލާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި އެފަދަ އެނޫން ވެސް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަމުންދާ ކަމަށެވެ. ސަރުކާރާއި ވިލާ ކުންފުނިތަކާއި ދެމެދު ވެވިފައިވާ އެއްބަސްވުންތަކެއް ހުރިކަން ފާހަގަކޮށް މިބަޔާނުގައި ވިދާޅުވެފައިވަނީ ވިލާ އިން އެއްބަސްވުންތަކާ ހިލާފު ނުވާ ކަމަށާއި އެހެންނަމަވެސް ސަރުކާރުން އެކިފަހަރު މަތިން އެކިގޮތްގޮތަށް އެއްބަސްވުންތަކާ ހިލާފުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ހައްލުކުރުމަށާއި މައްސަލައަށް އިންސާފުވެރި ޝަރުއީ ހައްލެއް ހޯދުމަށް ވިލާ އިން ވާނީ ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. ކޯޓުތަކުން އެމައްސަލަތައް ބަލަމުން ދަނިކޮށް ދައުލަތުން މުއައްސަސާތައް ބޭނުންކޮށްގެން ސަރުކާރުން ވިލާގެ އެކައުންޓްތައް ފްރީޒްކޮށް، ކަސްޓަމްސް އިން މުދާ ދޫކުރުން ހުއްޓާލައި، އިމިގްރޭޝަނުން ދޭންޖެހޭ ހިދުމަތްތައް ހުއްޓާލުމުން ވިލާއަށް ވަރަށް ދަތި އުދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށްވެސް މިބަޔާނުގައިވެ އެވެ. އަދި އެއިން އެއްވެސް ކަމެއް ކޮށްފައިވަނީ ވިލާއިން ގާނޫނާ ހިލާފަށް ކަމެއް ކޮށްގެން ނޫން ކަމަށާއި އެއިން ކަމެއް ޝަރުއީ މަރުހަލާ ނުނިމެނީސް ކުރެވިގެން ވާނެ ކަމަށް ވިލާ އިން ނުދެކޭ ކަމަށްވެސް މިބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ދަތިކުރުމުގެ މިއަމަލުތަކުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްކަން އެންމެހާ ދިވެހިންނަށް ވަރަށް ސާފެވެ. އެ ސަބަބަކީ ދިވެހިރާއްޖެއާއި ދިވެހިންގެ ކުރިއެރުމާއި ލާބަޔަށްޓަކައި އަޅުގަނޑު ކުރަމުންގެންދާ މަސައްކަތްތައް ހުއްޓުވައިލުމެވެ. މަދު ބަޔަކު ދެކޭ ގޮތުގައި އެކަން ކުރެވެން އޮތީ އަޅުގަނޑު ބަނގުރޫޓް ކޮށްލައިގެން ކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުގެ މައްޗަށް އިއްވުނު 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ހުކުމުންވެސް މިކަން ސާބިތުވާ ކަމަށް އަޅުގަނޑު ދެކެމެވެ،" ގާސިމްގެ ބަޔާނުގައިވެ އެވެ.

ގާސިމްގެ އިބްރާހީމް ބަޔާނުގައި ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ މަސައްކަތަކީ މަގާމަކާއި ދަރަޖަވެރިކަމަކާއި ޝުހުރަތެއް ހޯދުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އެމަނިކުފާނުގެ ވިސްނުންފުޅާއި ތަޖުރިބާގެ އަލީގައި ދިވެހިންނާއި ދިވެހިރާއްޖެއަށް އެންމެ ހެޔޮގޮތް ހޯދައިދިނުމަށް ބާރު އެޅުމުގެ ގޮތުން ކުރައްވާ މަސައްކަތެއް ކަމަށެވެ.

ޤާސިމް އިބްރާހީމްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ވިޔަފާރީގެ ތެރެއިން ވެސް، ސިޔާސީ ޕާޓީއެއް ހަދައިގެންވެސް އަދި ރައްޔިތުންގެ މަޖިލީހުގައި ހުރެގެންވެސް ކުރައްވަމުން ގެންދަވަނީ އެމަސައްކަތް ކަމަށާއި އެމަނިކުފާނުގެ މަސައްކަތްތަކަށް މުޅި ރާއްޖެ ހެކިވާނެ ކަމަށެވެ.

މީގެ އިތުރުން ގައުމާއި ރައްޔިތުންނަށްޓަކައި އެމަނިކުފާނުގެ ނިޔަތުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގަބޫލުކުރާނެ ކަމަށާއި، ފާއިތުވި ދުވަސްތަކުގައި އެމަނިކުފާނު އިހްތިޔާރުކުރި ކޮޅަށް އިންތިހާބުތަކުގައި ބާރު ލިބުމަކީ މިކަމުގެ ހެއްކެއް ކަމަށާއި، މިއީ ހުދުމުހުތާރު ގޮތް ކުރިއަށް ނެރެން މަސައްކަތް ކުރާ މީހުން ވަރަށް ބިރުގަންނަ ޖެހިލުންވާ ކަމެއް ކަމަށްވެސް ޤާސިމްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ޤާސިމް ޤަބޫލުކުރައްވާ ގޮތުގައި އެމަނިކުފާނު ބަރުބާދު ކުރުމުގެ ވިސްނުން ވެސް ފެށިގެން އަންނަ ހިސާބަކީ އެއީ އެވެ.

"މިކަން އަޅުގަނޑަށް ޔަގީންކުރެވުނީމާ އަދި އަޅުގަނޑުގެ މައްޗަށް ބަރޯސާކުރާ އެތައްހާސް ދިވެހިންގެ މަސްލަހަތު އޮތީ އަޅުގަނޑު ބަރުބާދުނުވެ ހުރުމުގެ މައްޗަށް ކަމަށްވީމާ ސިޔާސީ ކަންކަމުން އެކަހެރިވެ އިޖުތިމާއީ މަސައްކަތްތަކަށް އެނބުރުގެ މައްޗަށް ދައުލަތުގެ އެންމެ އިސްވެރިޔާއާއި ވެސް މަޝްވަރާ ކުރެވިފައިވާނެ އެވެ. އެހެންނަމަވެސް އެ ފުރުސަތުވެސް އަޅުގަނޑަކަށް ނުދެއްވި އެވެ،" ގާސިމްގެ ބަޔާނުގައިވެ އެވެ.

ޤާސިމްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ޤާނޫނު ތަންފީޒް ކުރުމުގެ ނަމުގައި އެމަނިކުފާނާއި، އެމަނިކުފާނުގެ ވިޔަފާރިތަކާއި ދެކޮޅަށް ސަރުކާރުގެ އިދާރާތަކުން ހިންގަމުންދާ ޢަމަލުތަކަކީ ހަމަކަށަވަރުންވެސް ހައްޤު ނޫން ޢަމަލުތަކެއް ކަމަށެވެ. ޤާސިމް ވިދާޅުވީ މިދަނޑިވަޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއިން ތިބީ ކެތްތެރިކަން އިސްކޮށްގެން ކަމަށާއި، އެމަނިކުފާނުގެ އިލްތިމާސަކީ ތެދު ހަގީގަތް ގަބޫލުކުރުމާއެކު ހައްގުގެ މަގުގައި ކެތްތެރިވެގެން މުވައްޒަފުން ތިބުން ކަމަށެވެ. .

"ކީރިތި ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގަ އެވެ. ޝުކުރުކުރާ މީހުންނާ އެކުގަ އެވެ. އަޅުގަނޑު ގަބޫލުކުރަނީ ﷲގެ މިންވަރުފުޅުން މިއަނިޔާވެރިކަމުން ލަސްތަކެއް ނުވެ ސަލާމަތް ކުރައްވާނެ ކަމަށެވެ. އަދި އަނިޔާވެެރިކަމާއި ޖައްބާރުކަމަށް ނިމުން އަންނާނެ ކަމަށެެވެ. އެއްވެސް އެއްްޗެއް އަދި އަދި ކަމެއް ދާއިމަށް ދެމިގެން ނުދާ ބީދައިންނެވެ." ގާސިމްގެ ބަޔާން ނިންމާލަމުން ވިދާޅުވެފައިވެ އެވެ.