މަންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ޖޯސޭ މޮރީނިއޯގެ ކޮންޓްރެކްޓް 2020 އާއި ޖެހެންދެން އިތުރުކޮށްފިއެވެ.
މޮރީނިއޯގެ ކޮންޓްރެކްޓް އާ ކުރުމަށްފަހު މަންޗެސްޓަރއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކްލަބާއި މޮރީނިއޯ ހަވާލުވެ އެކްލަބަށް ކާމިޔާބީތައް ހޯދާދީފައިވާ ކަމަށެވެ. އެގޮތުން ނިމިގެން ދިޔަ ސީޒަނުގައި މެެންޔޫއިން ދެއްކި ކުޅުމަށް ވަނި ތައުރީފްކޮށްފައެވެ.
މޮރީނިއޯގެ ކޮންޓްރެކްޓް އާ ކުރުމަށްފަހު ކްލަބުން ބުނީ މޮރީނިއޯ އާއި އެކު ހޭދަކުރި ކުރު މުއްދަތުގައި އޭނާގެ ކުޅަދާނަަން ޓީމަށް ދައްކާފައިވާކަމަށެވެ. އަދި ކްލަބަށް މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް ޔޫރޮޕާ ލީގު ތަށި ހޯދާ ދީފައިވާ ކަމަށެވެ.
މޮރީނިއޯ ބުނީ އެޓީމާއި މަސައްކަތް ކުރަން ލިބުމަކީ ފަހްރެއްކަމަށާއި ކްލަބްގެ ވެރިން އޭނާ ކުރައްވާ އިތުބާރަށް އިހްލާސްތެރި ޝުކުރެއް ދަންނަވާ ކަމަށެވެ.
މޮރީނިއޯ މަންޗެސްޓަރ އާއި ހަވާލުވީ ކްލަބް ވަރަށް ބޮޑަށް އަރިއަޅާލައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް މިހާރު މަންޗެސްޓަރގެ އަސްލު ފެންވަރަށް އައިސްފައިވާކަމަށް އެކްލަބުގެ ސަޕޯޓަރުން ބުނެއެވެ.