Last Updated: July 25, 05:53
Saturday, July 25, 2026
ޚަބަރު

އަނެއްކާވެސް ފާރިސް ހައްޔަރު ކުރަން މަސައްކަތް ކުރަނީ

ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފާރިސްގެ ދައްތަ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފާރިސް ހައްޔަރުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ދައުވާ އަކާއި ޝަޚްސު އޮޅުވާލުމުގެ ދައުވާއެއް އުފުލާފައިވާ ފާރިސް 6 މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު މިނިވަންކޮށްފައި ވަނީ ފާއިތުވި ބުރާސްފަތި ދުވަހުއެވެ.

އެކަން ފާހަގަކުރައްވައި ޔުމްނާ ވަނީ ފާރިސް ބަންދުކުރުމަކީ އަނިޔާއެއް ނޫންތޯ ސުވާލު އުފައްދަވާފައެވެ.