Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

ފެނަކަގެ އެމްޑީ ޝަރީފް އިންސްޕެކްޝަނަކަށް އައްޑޫގައި

އައްޑޫން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން މަރުކަޒީ އިންޖީނު ގޭގައި ބެހެއްޓި އާ އިންޖީނުތައް ބޭނުންކޮށްގެން، މިހާރު ކަރަންޓް ދޭން ފަށާފައި ވަނިކޮށް އިންސްޕެކްޝަން ދަތުރެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އައްޑު އަށް ދަތުރެއް ފަށްޓަވައިފި އެވެ.

ނަމަވެސް އާ އިންޖީނުތައް ފެއިލްވެ، ކަރަންޓް ދޭތެރެ ދޭތެރެ އިން ކެނޑޭ މައްސަލާގައި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޝަރީފް ވަނީ ފެނަކައިގެ ދަށުން ގުޅިފައިވާ އަވަށްތަކުގައި ކަރަންޓާއި ފެނުގެ ހިދުމަތްދޭ ތަންތަނަށް ވަޑައިގެން އެ ތަންތަނުގެ މަސައްކަތް މިހާރު ހިނގަމުންދާ ގޮތް ބަައްލައި، މައުލޫމާތު އޮޅުން ފިލުއްވައިފަ އެވެ. އަދި އެ ތަންތަނުގެ އިސްވެރިންނާ ވެސް ބައްދަަކުރައްވާފައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑު އަށް ފެށްޓެވި ދަތުރުގެ ތެރެއިން މިއަދު ހުޅުމީދޫގެ ސައިޓްތަކަށް ވެސް ޝަރީފް ވަނީ ވަޑައިގެންފަ އެވެ.

ފެނަކަގެ އެމްޑީ ޝަރީފް ވަނީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް އައްޑު އަށް ވަރަށް ގިނައިން ވަޑައިގެންފަ އެވެ.

ޝަރީފް އައްޑު އަށް ވަޑައިގެންފައި މި ވަނީ ދާދި ފަހުން ކަރަންޓާއި ފެނުގެ އަގު ހެޔޮ ކުރަން ނިންމިކަން ވެސް ސަރުކާރުން އިއުލާންކޮށްފައި ވަނިކޮށެވެ.