އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެމިނެމް އޭނާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑުކިޔުން ހުއްޓާ ނުލާނެ ކަމަށް ބުނެފި އެވެ.
އޭނާ ދާދި ފަހުން ނެރުނު "ރިވައިވަލް" އަލްބަމްގައި ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ އިރު އެ އަލްބަމުގައި އޭނާ ވަނީ އާންމުކޮށް ފަންނާނުން ނުކުރާ ކަމެއް ވެސް ކޮށްފަ އެވެ.
އެނިމެންގެ އޭނާގެފޭނުންގެ ތެރޭގައި ތިބި ޓްރަމްޕް ސަޕޯޓަރުންނަށް ވެސް އެމިނެމް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

އިންޓަވިއުގައި އެމިނެމް ބުނެފައި ވަނީ އެއީ އޭނާ ދެރަވެ ހިތާމަ ކުރާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުން އޭނާގެ ދެބައިކުޅަ އެއްބައި ސަޕޯޓަރުން ގެއްލުނަސް ވަރިހަމަ ކަމަށް އެމިނެމް ބުންޏެވެ.
އަދި އޭނާ ކުރި ކަމާމެދު ފަޚުރުވެރިވާ ކަމަށާއި އެއީ ރަނގަޅު ނިންމުމެއް ކަމަށް ވެސް އެމިނެމް ބުނެފައިވެ އެވެ ޓްރަމްޕާއި ވައިޓް ހައުސްއި ންވެސް އެމިނެމްގެ ލަވައާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.