ކަމިޝްނާ އޮފް ޕޮލިސް އަހުމަދު އަރީފް މަގާމުން ވަކި ކުރި ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ އަރީފް މިވަގުތުވެސް ހުންނެވީ ދިވެހި ފުލުހުންގެ ހިދްމަތުގައެވެ.
އަރީފް މަގާމުން ވަކިކުރިކަމަށް ބުނެ އެންމެ ފުރަތަމަ ހަބަރު ފެތުރީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފްއެވެ. މަހްލުފް ވިދާޅުވީ ދިއްގަރު ދާއިރާގެ މެމްބަރ އަހްމަދު ފާރިސް ހައްޔަރު ކުރަން އަމުރު ނެރުމާއި ގުޅިގެން އެއަމުރު ތަންފީޒު ނުކުރުމާއި ގުޅިގެން އަރީފް މަގާމުން ވަކި ކުރީ ކަމަށެވެ.
އަރީފް އާއި ފާރިސް އަކީ ދެ ޅިޔަނުންނެވެ.