Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ރިޝްވަތުގެ ތުހުމަތާ އެކު ފާރިސް އަނެއްކާ ވެސް ހައްޔަރުކޮށްފި

ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދް ފާރިސް މައުމޫން އަނެއްކާ ވެސް މިއަދު ހައްހަރު ކުރީ ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކަން 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ފާރިސް ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ރޭ ފަތިހު 4:00 ގައި ނެރުނު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ކުރަނީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތެވެ.

ފާއިތުވި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ވެސް ފާރިސް ހައްޔަރު ކުރީ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައެވެ. އެފަހަރު ފާރިސް ހައްޔަރު ކުރުމަށް ފަހު ބަންދުން ދޫކޮށްލާފައި ވަނީ 6 މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިއަދު މީޑިޔާ ތަކާއި ވާހަކަ ދައްކަމުން ފާރިސް ފާރިސް ވަނީ އޭނާ ހައްޔަރުކުރަން ރައީސް ޔާމީން އެންގެވި ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ހަވާލާ ދެއްވައި ވިދާޅުވެފައެވެ.