Last Updated: July 1, 20:14
Wednesday, July 1, 2026
ކުޅިވަރު

ދި ފޭދޫ ބަލިކޮށް މަލްޓީ ޖީނިއަސް ފައިނަލަށް!

ބޮންޑާ އަދި ބެންޖޯ، މިފަހަރު ދެ ކުޅުންތެރިންވެސް ފެންނާނީ ޓީސީން

ގްލޯބަލް ލިންކްސް ޗެލެންޖް ކަޕްގެ ފައިނަލްގެ ދެވަނަ ޖާގަ ދި ފޭދޫ ބަލިކޮށް މަލްޓީ ޖީނިއަސް ހޯދައިފިއެވެ.

ކްލަބް ވެލެންސިއާގެ ތިން ކުޅުންތެރިން ކުޅުނު މަލްޓީ ޖީނިއަސް މޮޅުވީ 2-0 ލަނޑުންނެވެ. ވެލެންސިއާގެ އައްސަދު އަބްދުލް ޣަނީ އާއި، މުޚުތާރު ނަސީރު އަދި ބޮންޑާ ކުޅުނު މަލްޓީ ޖީނިއަސްގެ ދެލަނޑުވެސް ޖަހައި މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ މަލްޓީ ޖީނިއަސްގެ ޖޯޒީ ނަންބަރު 19 މިފްޒާލް ލަޠީފްއެވެ.

ފޭދޫ އާއި މަލްޓި ޖީނިއަސް މީގެ ކުރިން ބައްދަލު ކުރި މެޗް 1-0 ލަނޑުން ކާމިޔާބު ކުރީ ދިފޭދޫ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ ހުކުރު ދުވަހު ހަވީރު ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ. ފައިނަލް މެޗްގައި ބައްދަލު ކުރާނީ އެމްސީ ޔުނައިޓެޑް އަދި މަލްޓީ ޖީނިއަސް ސިޓީއެވެ. މި ދެޓިމުވެސް ވަނީ މި މުބާރާތުގައި މީގެ ކުރިން މެޗެއް ކުލެފައެވެ. އެމެޗް 2-3 ލަނޑުން ކާމިޔާބު ކުރީ އެމްސީ ޔުނައިޓެޑްގެ ޓީމެވެ.